އުޝާމްގެ އީސީއަށް: ވިލިމާލެއަށް މޫސުންގޯސްވެ ފެރީ ކެންސަލްކޮށްލި އިރުވެސް ވޯޓު ވަގުތު އިތުރު ނުކުރި!

މީގެ ދުވަސްކޮޅެއް ކުރިން ވިލިމާލޭގަ އިންތިހާބެއް އޮތް ދުވަހެއްގަ މޫސުން ގޯސްވެގެން 1 ގަޑިއިރަށް ފެރީގެ ހިދުމަތް ކަނޑާލިކަމަށާއި އެދުވަހު ވޯޓުލާ ވަގުތު އިތުރުކުރުމަށް އިލެކްޝަނުން ހެދީ ދެކޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިރޭ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެއްހާލަތެއްގަ އަމަލު ކުރަނީ އެކިގޮތްގޮތަށް ކަމަށެވެ.
"މީގެ ދުވަސްކޮޅެއް ކުރިން ވިލިމާލޭގަ އިންތިހާބެއް އޮތް ދުވަހެއްގަ މޫސުން ގޯސްވެގެން 1 ގަޑިއިރަށް ފެރީގެ ހިދުމަތް ކަނޑާލި. އެދުވަހު ވަގުތު އިތުރުކުރުމަށް އިލެކްޝަން ކޮމިޝަނުން ދެކޮޅު ހެދީ. އެއްހާލަތެއްގަ އެކިގޮތްގޮތަށް އަމަލުކުރާ ވާހަކަ މިދައްކަނީ އެހެންވެ. މިކިޔާ އެއްޗެއް ފަހުމް ވެއްޖެތޯ؟" އުޝާމް ވިދާޅުވިއެވެ.
މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން މޫސުން ގޯސްވުމުގެ ސަބަބުން 1 ގަޑިއިރަށް އިތުރު ކުރި ކުރުމަށް އިދިކޮޅުން ދަނީ ފާޑު ކިޔަމުންނެވެ. އަދި މި އިންތިހާބު ސަރުކާރުގެ ކެންޑިޑޭޓް ކާމިޔާބު ކުރީ ނުފޫޒު ފޯރުވައި ރިޝްވަތު ފައިސާ ބަހައިގެން ކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.
ރިޔާސީ އިންތިޚާބުވެސް ދާނީ ތިކަހަލަ ގޮތަކަށް އީސީ ބީސީ ސީސީ ގެ ތެރެއިން