ކޮތަޅު ޓެކްްސްގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހުނީ، މަޖިލީހުން އިސްލާހެއް އުނި ކުރުމުން
ކޮތަޅުން ޓެކްސް ނެގުމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހުނީ ޤާނޫނަށް އިސްލާހު ހުށަހެޅިއިރު، އޭގައި ހިމެނި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުން އުނިކުރައްވައިފައިވުމުނއ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ރޭގެ ވަގުތެއްގައި ނެރުއްވި ބަޔާނެއްގައި ވަނީ ކޮތަޅު ބޮނޑި އަގުބޮޑުވީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި ވާގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ.
އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށާއި، ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ރޭޓުން ޖުމުލަ 200 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑި ހިމަނާފައިވާނެ ކަމަށެވެ.
ނަމަވެސް، ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
"މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ކުރި މައްސަލަތައް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމެވެ،" ބަޔާނުގައިވެ އެވެ.
މިދިޔަ މަހު ރައްޔިތުން މަޖިލީހަށް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށާއި އެ އިސްލާހު ފާސްވުމުން މިކަމަށް ހައްލު ލިބޭނެ ކަމަށް ވެސް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
ކޮންމެ މީހަކު އަރާތިބެގެންމޮޅު ޚަބަލު ކިޔާލާނެ. ތިމާމެންނަށް ނުފުދިގެން ނިކަމެތިން ފެލާލަން ވެގެންނޭ ބުނިއްޔާ ކީއްތަ ވަނީ. ތިގޮތަށް ސިގިރެޓު ވެސް ހުއްޓުވާށޭ ކިޔާފަ އަގު ބޮޑު ކުރީމަ ވީ ކަމެއް އެބައޮއްތަ. ކަލޭމެންނަށް ބޮނޑި ބޮނޑުވާނެ
ކޮތަޅު ވިއްކައިގެންވެސް އާމްދަނީ ހޯދޭތޯ މިބަލަނީ ، ބަލަ ސިގިރެޓް ބޯން އުދަގޫ ޖެއްސީމާ އެނުބައި ތިބޭތޯ ؟