ޚަބަރު

ރައީސްގެ ޢީދު މެސެޖް: ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޯދައިގެ އަޅުކަމުން ޙާޞިލުވި އެންމެ ބޮޑު އުފަލަކީ، ހިތްތައް ޠާހިރުވެ އަލުން ތާޒާވުންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ، ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބިގެންދިޔަ ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ޙަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ބާރުއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބުގައި އެމަނިކުފާނު ވިދާޅުވީ ޢީދުގެ ޙަޤީޤީ އުފަލެއްކަމުގައި ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންކޮށް، ހިތުގެ ޚާލިޞްކަމާއި ހިތްހެޔޮކަން ފާޅުކުރުމަށެވެ. އެކުވެރިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ބާރުއަޅުއްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ފަޤީރުންނާއި ނިކަމެތިންނަށް ޙާއްޞަ އިސްކަމެއްދީ އެއްވެސް މީހަކު ބާކީ ނުކޮށް މީހުންނާމެދު މެދު އޯގާތެރިވުމަށް ބާރުއަޅުއްވާފައެވެ.

Ads by Allied Insurance
  1. ދޮންއާދަމްބޭ.

    ޢީދުމުބާރަކް!ކޮތަޅުރައީސް،ކޮތަޅުސަރުކާރު.

  2. ވަގުންނޭ

    ޕްލާސްޓިކް ކޮތަޅުގެ މައްސަލަ ނޫސްވެރިންނަށް ތިޔާ އެނގުނީ އައިސް ފޫކޮޅުގައި ރޯވުމުންނޭ މަމެން ތަކުރާރު ކޮށް ތަފާތު އެކި މުނާސަބުގައި ތިޔާއީ ޕްލާސްޓިކް ނައްތާލުމަށް ނޫން ކަން ތިޔާއީ އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން ރައްޔިތުން ފެލަން ވެގެން ތިމާވެށި މިނިސްޓަރު ވަގު ޝައުނާ ކުރާ ކަމެއް ކަން މަމެން ބުނަމުންނޭ ދިޔާއީ ތިޔާއީ އައްޑޫ ބޮޑެތި ވަގުންނޭ މިނިސްޓަރުންނަށް ތިޔާ ތިބީ ތީ ބޮޑެތި ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

  3. ހުދުބޯ އިބްރާހީމް

    ހާތަށް ދުވަސް މިދިޔައީ ހާލީގަ މިހަރު ކޫސް އަޅުވަނީ މީ ދެވަނަ ދައުރެއްގެ ބޭނުމުގަ ހަމަހިލާ އެކަން ވާކަށް ނެތް ކޮތަޅުން ދިް މެސެޖު ގޯސް މެސެޖެއް