ޚަބަރު ސަރުކާރު

މާފިލާފުށީގައި ހުރި ސިފައިންގެ ހެޑްކުއާޓާ ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސިފައިން

ޅ. އަތޮޅު މާފިލާފުށީގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ހެޑްކުއާޓާ ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެމަސައްކަތް ފަށާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އިއްޔެއަކީ ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުނު ދުވަހެވެ. އެދުވަހާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނަސްދިން ޕްރޮގުރާމަކަށް ދެއްވި ބަސްތީގަތުމެއްގައި ޝަމާލް ވިދާޅުވީ ނޮދަން އޭރިއާ ކޮމާންޑު ހަނިމާދޫއަށް ބަދަލުކުރަން ނިންމީ އެސަރަހައްދަށް އަންނާނެ ތަރައްގީއަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން އެ ސަރަހައްދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫގައި ކޮމާންޑު ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޝަމާލް ވިދާޅުވީ ހެޑްކުއާޓާޒް އެޅުމަށް އެ ރަށުން ހަތަރު ލައްކައެއްހާ އަކަފޫޓުގެ ބިމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަރުކަޒުގެ ބިންގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އަވަހަށް އަޅުއްވައި ދެއްވާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.

މިކަމަށްޓަކާ ބޭނުންވާ ބަޖެޓު ހަމަޖެހިފައިވާ ކަމަށާއި ތަނުގެ އިންޓީރިއާ އަދި ފެސިލިޓީތައް ގާއިމްކުރާނެ ގޮތުގެ ޑިޒައިންވެސް މުޅިން ނިންމާލެވިފައިވާކަމަށް ޝަމާލް ވަނީ ވިދާޅުވި އެވެ. މި ކޮމާންޑު ސެންޓަރު ނިމިގެން އަންނައިރު ސިފައިން ދެމުންދާ ހިދުމަތަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޝަމާލް ވަނީ ރޭ ވިދާޅުވެފަ އެވެ.

ނޮދަން އޭރިއާގައި ހިމެނެނީ ހަތް އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އެއީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ދެމެދު ހިމެނޭ ހުރިހާ ރަށްތަކެވެ.

މީގެ އިތުރުން ތިން ކޮމާންޑެއް ސިފައިންގޭގައި އޮވެ އެވެ. އެއީ ސެންޓަލް އޭރިއާ ކޮމާންޑާއި، މާލެ އޭރިއާ ކޮމާންޑުގެ އިތުރުން ސަދަން އޭރިއާ ކޮމާންޑެވެ. ކޮންމެ އޭރިއާއެއްގައިވެސް ހިންގާ އޮޕަރޭޝަންތައް ބަލަހައްޓަނީ އެ އޭރިއާގެ ކޮމާންޑުންނެވެ.

Ads by Ooredoo
  1. އައުޓް

    ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް ކޮތަޅު ވަގޭ އައުޓް އިންޑިއާ އައުޓް

  2. ާއަރުޝި

    ޙަނިމާދޫއަށް ބަދަލުކުރުމަކީ ގޯހެއް، ހަނިމާދޫގަ ހުނަންޖެހޭނެ ތޮރޭނިންގ ފެސިލިޓީއެއް، އައްޑޫ ގަ ގޮތައް. ށަރުކާރުން މާފިލާފުޝީގަ ރެސޯޓެއް ހަދަން ބޭނުންވިޔަސް ، ސިފައިންގެ ތަމްރީނު މަރުކަޒަކީ މީހުން ދިރި ނޫޅޭ ރަށަކައްވުން މުުހިންމު ބަރަށް ގިނަ ސަބަބަބު އެެބަ ހުރި.

  3. ހަސަނުގެ ދަރި ލަތީފް

    ޠިޔަރަށަކީވެސް އަންނިގެ ވެެރިކަމުގަވެސް އިންޑިއާއަށް ދޭން ނިންމާފައޮތް ރަށެއް
    ދިވެހި ސިފައިން ޖެހޭނީ ފައިބަންތާ