މިއަދު މާލޭ ސަރަހައްދުގެ ހޫނުމިން 42 ޑިގްރީގައި!

މިއަދު މާލޭ ސަރަހައްދުގެ ހޫނުމިން .42.3 ޑިގްރީއަށް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދުގެ އާއްމުކޮށްފައިވާ ރާއްޖޭގެ ފިނިހޫނުމިން ލަފާ ކުރާ ޗާޓުން ދައްކާގޮތުގައި ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫގައި 40.7 ޑިގްރީގައި ހޫނުމިން ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ލ.ކައްދޫއަށް 41.5 ޑިގްރީގައި ހުންނާނެކަމަށް ލަފާކުރެއްވޭ ކަމަށާއި ކާޑެއްދޫ އަށް 39.3 ގައި ހުންނާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ.
މިހާރު މި ހިނގަނީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވާތީ ކަރަންޓް ބޭނުން ކުރުމުގައި ސަމާލުކަން ދޭން އެދޭ ކަމަށް ސްޓެލްކޯގެ އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.