Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ފޯޅަވައްސަކީ އަދި ފޯޅަވަހި ކަނޑަކީ ވެސް ދިވެހީންގެ ހައްގެއް:ބޮންޑޭ

ފޯޅަވައްސަކީ އަދި ފޯޅަވަހި ކަނޑަކީ ވެސް ދިވެހީންގެ ހައްގެއް:ބޮންޑޭ

ފޯޅަވައްސަކީ އަދި ފޯޅަވަހި ކަނޑަކީ ވެސް ދިވެހީންގެ ހައްގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ފޯޅަވަހީގެ މައްސަލައާއި ގުޅިގެން ބޮންޑޭ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ 2010 ވަނަ އަހަރު ރައީސް ނަޝީދު ސަރުކާރުން ދިވެހި ދައުލަތުގެ ނަމުގައި އދ އަށް ހުށައެޅި ދައުވާއަކީ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވި ވޯޓަކުން ފާސްކޮށްފައިވާ ދައުވާއެއްކަމަށެވެ.

"2010 ވަނަ އަހަރު ހިންނަވަރު ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ހައިސިއްޔަތުން މިދައުވާ ފާސްކުރަން މަޖިލީހުގައި ވޯޓުދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ  މަގާމުގާމާއި ހަވާލުވެ ސިޔާސަތު ބަދަލުކޮށް ރައްޔިތުންގެ ރުހުމެއްނެތި ފޯޅަވައްސަކީ ދިވެހިންގެ ހައްގެއްނެތް ތަނެއްކަމަށް ކަނޑައަޅައި މޮރިޝަސް އަށް ރައްޖޭގެ ދެކުނުގެ މަސްކަނޑުގައި ކަނޑުކަހާ ބޮޑުދާ އަޅާ މޮރިޝަސް މަސްބޯޓުތަކަށް ތުހުޅުވާލަން ދޫކުރި ސިއްރު ސިޓީއަކީ ގާނޫނީ އެއްވެސް ބުރަދަނެއް ނެތް ބާތިލު ސިޓީއެކެވެ." ބޮންޑޭ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/BondeM4/status/1650086324161105921

ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ނިންމަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިންވަނީ ނިންމާފައެވެ.

ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމާލައިފަ އެވެ.އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް އިޓްލޮސްއިން ބުންޏެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް