ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލުގައި ފެންބޮޑުވެއްޖެ

މިރޭ ހުޅުމާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލަށް ފެން ވަދެ ފެން ހިއްކަން ޖެހިއްޖެއެވެ.
ދައުރުވަމުން އަންނަަ ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުތެރެއަށް ވަނީ ފުދޭވަރަކަށް ފެންވަދެފައެވެ. އަދި އެތަނުގެ މުވައްޒަފުން މޮޕާއި ބާލިދީ ހިފައިން ހޮސްޕިޓަލު ތެރެއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާތަންވެސް އެވީޑިއޯތަކުން ފެނެއެވެ.
https://twitter.com/MvCrisis/status/1650521639283740672
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި މިރޭ މެދު ރާއްޖެތެރޭގެ ރަށްރަށް ބާރަށް ގުގުރުމާއެކު ވާރޭ ވެހޭނެއެވެ. މިގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުއްވައިފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މިރޭގެ 08:05 އާއި މިރޭ 01:00 އާއި ދެމެދުގެ ވަގުތަށް މި ސަމާލު ނެރުއްވައިފައިވާއިރު، މެޓުން ވަނީ، އެލާޓް ނެރުނު ސަރަޙައްދުތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރައްވައިފައެވެ.
ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭއިރު، މެދުރާއްޖޭގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށް މެޓުން ވިދާޅުވެއެވެ.
އަދި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރިނަމަވެސް އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓުން ވިދާޅުވެއެވެ.
އަދި މިރޭ އިރާކޮޅު މާލެއަށް ވަނީ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިފައިކަން ފާހަގަކޮށްލެވެއެވެ.





ކޮމެންޓް