ޚަބަރު ސިޔާސީ

މޮރިޝަޝް އާއި ރާއްޖެއާ ފުށެއް އަރައިގެން މި އުޅެނީ މި ސަރުކާރުން ސްޓޭންޑް އަމިއްލަޔަށް ބަދަލުކުރުމުން: ބޮންޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)

މޮރިޝަޝް އާއި ރާއްޖެއާ ފުށެއް އަރައިގެން މި އުޅެނީ މި ސަރުކާރުން ސްޓޭންޑް އަމިއްލަޔަށް ބަދަލުކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ބޮންޑޭ ވިދާޅުވީ ނަޝީދު ސަރުކާރުން ގެންގުޅުނު ސްޓޭންޑު ބަދަލުކޮށް ފޯޅަވައްސަކީ އެފްރިކާގައި އޮންނަ މޮރިޝަސްގެ ތަނެއްކަމަށް މި ސަރުކާރުން އިޓްލޮސްގައި އަމިއްލަޔަށް ވަކާލާތުކޮށް ސިއްރު ސިޓީ ދިނުމުންކަމަށެވެ.

"ނަޝީދު ސަރުކާރުން ގެންގުޅުނު ސްޓޭންޑު ބަދަލުކޮށް ފޯޅަވައްސަކީ އެއްޒަމާނެއްގައިވެސް ދިވެހިންގެ ސިޔާދަތީ ބާރު ހިނގާ ރާއްޖެގެ މަސްލަހަތުއޮތް އަތޮޅެއް ނޫންކަމަށް އަދި ފޯޅަވައްސަކީ އެފްރިކާގައި އޮންނަ މޮރިޝަސްގެ މަސްކައްކާ ބަދިގެ ކަމަށް މި ގައްދާރު ސަރުކާރުން އިޓްލޮސްގައި އަމިއްލަޔަށް ވަކާލާތުކޮށް ބުނެ ސިއްރު ސިޓީ ދިނުމުން! ޢެހެންނޫން ނަމަ ފުށުއަރާ އޯވަލެެޕިން 95000 އަކަކިލޯ މީޓަރެއްގެ ވާހަކަ ވުޖޫދު ނުވީސް!" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ނަޝީދު ސަރުކާރު ކުރި ހައްގު ދައުވާ ގޮސް ހުއްޓިފައި އޮޮތީ ފޯޅަވަހީގައި އޮންނަ ޕެރޯސް ބެންހޯސް އަތޮޅާހަމަޔަށް ކަމަށާއި އެއީ ދިވެހިން ދިރިއުޅުނު އަތޮޅުކަމަށެވެ.

ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި މިއަދު ގޮތް ނިންމުމަށް ހަމަޖެހިފައިވާއިރު މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކަނޑުތަކާބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމައިލައިފައެވެ. އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމިއަދު މެންދުރުފަހު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް ވެސް އިޓްލޮސްއިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!