އިމުގެ މައްސަލައިގައި ރާއްޖެއަށް ލިބެންއޮތް ސަރަޙައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން: އަލީ ހުސައިން
އިމުގެ މައްސަލައިގައި ރާއްޖެއަށް ލިބެންއޮތް ސަރަޙައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފައިވާއިރު އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.
"އިމުގެ މައްސަލައިގައި ރާއްޖެއަށް ކާމިޔާބީ ލިބުނުކަމަކަށް ނުބެލެވޭ. ރާއްެޖެއިން ބައެއް ގެލިގެން ދިޔުމަކީ ކާމިޔާބީއެއް ނޫން. ރާއްޖެއަށް ލިބެންއޮތް ސަރަޙައްދުން ބައެއް ގެއްލުމަކީ ކާމިޔާބީއެއް ނޫން" މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.
ޖަރުމަނުގެ ހެމްބާގުގައި ހުންނަ އެ ޓްރައިބިއުނަލްގެ މައި އޮފީހުގައި މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
ކަލޭމެން ތިޔާއީ ސިޔާސީން ފިތުނަ އުފައްދަން ގަދައޅާ މަސަތްކތް ކުރޭ ކަލޯގެޔާ އެކަމަކު މީނަވެސް ނައިބު ރައީސް ކަމާ އުޅުނު ނަސިބެއްނުން މިބައިގަޑު އަތުން ސަލާމަތް ވިކަން
.ރާއްޖެއަށް ބޮޑު ބައި ގެއްލޭ ގޮތަށް ޗާގޯސް އިމުގެ މައްސަލަ ނިންމައި އެތަނުން ދިވެހިންނަށް ގޯތި ކަނޑާދީފި .
.ރާއްޖެއަށް ލިބެންއޮތް މަސްކަޑުން ބޮޑު ބައި ގެއްލޭ ގޮތަށް ޗާގޯސް އިމުގެ މައްސަލަ ނިންމައި އެތަނުން ދިވެހިންނަށް ގޯތި ކަނޑާދީފަ މިއޮތީ !
މައްސަލަ ނިމުނު ގޮތުގެ ޗާރޓް ބެލީމާ ކުރިން އޮތް ވަރަށް ވުރެން ޓެރިޓަރީ އިތުރުވީ ކޮންބަޔަކަށްކަން ވަރަށް ސާފެވެ. އައްޔަމެން ދިވެހިން ގުނބޯ ހައްދަން އުޅުނަސް މިހާރު ކިޔަވައިގެންތިބި ޖީލަކަށް އޮޅުވައެއް ނުލެވޭނެއެވެ. ރާއްޖޭގެ ސަރަހައްދަށް ބޮޑު ބަޔެއް އިތުރު ކޮށްދެއްވުމަށް ރައީސާއި މި ސަރުކާރުން އާރބިޓްރޭޝަންގައި ހުށައެޅުއްވި ލިޔުންތަކާއި ހެކިތަކުން މި ލިބުނު ކާމިޔާބަށް މަރުހަބާ!