ޚަބަރު

މުސްލިމުންގެ ބިމެއްގެ ކައިވަތެއްގެ މިންވަރު ފޭރިގަތްނަމަވެސް ޖިހާދު ވާޖިބުވެގެންވޭ: ޝެއިހް ނިޝާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މުސްލިމުންގެ ބިމެއްގެ ކައިވަތެއްގެ މިންވަރު ފޭރިގަތްނަމަވެސް ޖިހާދު ވާޖިބުވެގެންވާކަމަށް ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝެއިހް ނިޝާން މިހެން ވިދާޅުވީ އިމުގެ މައްސަލައިގައި އިޓްލޮސް އިން އިއްޔެ އިއްވި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގެ ސަރަހައްދުން 45،000 އަކަކިލޯމީޓަރު ގެއްލުމަކީ ކާމިޔާބީއެއް ކަމަށް ބުނުމަކީ އޮޅުވާލުމާއި ޚިޔާނާތްތެރިވުމުގެ އިންތިހާއެވެ. މުސްލިމުންގެ ބިމެއްގެ ކައިވަތެއްގެ މިންވަރު ފޭރިގަތްނަމަވެސް ޖިހާދު ވާޖިބުވެގެންވޭ!" ޝެއިހް ނިޝާން ވިދާޅުވިއެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިޓްލޮސްއިން އިއްޔެ މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ. މިއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 40000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.

  1. ދޯރި

    މިއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއް. މީނާ ދޫކޮށްލާފައި ބެހެއްޓިގެން ނުވާނެ.

    • ޜެޑް ބެލޫން

      ޢިސްލަމް ދީނުގައޭ ތިމަންމެ މިތިބީ ދުލުކުރިން ބުންޔަސް އިސްލާމަކަށް ނުވާނެ ގިނަމީހުނަނަކީ ދީނީގޮތުން އެއަވެސް އެއްޗެއް އެގޭބައެއްނޫ ޖިހާދަކީ ކޮބައިކަން ނޭންގޭހެން ހީވަނީ ގިނަމީހުންނަށް ނޫންނަމަ އެގޭމީހުންވެސް ދުނިޔޭގެ ދަޅަޔަށްމަގާމާ އިއްޒަތަށް އޮޅުވާލަނީ އޮންނަގޮތާށް ބުނީމަ ލާދީނިސްޓުން ހާދަވަރެކޭ މިއަރުވަނީ

  2. ހަނދު

    މިޝޭޚް މިއުޅެނީ ކޮން މުސްލިމު ޤައުމަކުން ކޮންބަޔަކު ބިންފޭރިގަނެގެން… މީނަ ނޫންބާ ފުރަތަމަ ޖިހާދަށް ދާންޖެހޭނީ…އެއީ އެކަން ފުރަތަމަ އެނގުނީ މީނާއަށް ކަމަށް ވާތީ ދެއްތޮ….؟

  3. ޙުސައިން ޢިބްރާހީމް

    މަސްދަރު މިއާޓިކަލްެއަކީ ފިތުނައުފެެއްދުން

  4. ފާތުން

    ދެން ދޭބަ ޖިހާދު ކުރަން، ބިމުންތަ ބައެއް ފޭރިގަނެގެން މިުޅެނީ، އަޖާއިބު ހީވޭ..

  5. އަހުމަދު

    އަބަދުވެސް ކޮންވެސް ގޮތަކުން ތަޅާފޮޅައި ގަނެވޭނެ މަގަކަށް ގޮވާލުން ނޫންކަމެއް މިނާއަކަށް ނޭނގޭނެ. ބަލަ ހަނގުރާމައަކީ ޞުލްޙައިގެ ހުރިހާ ދޮރެއް ބަންދުވީމަ އޮންނަކަމެކޭ. ދީން އޮޅުވާލަން ނޫޅޭ! ދިވެހިންނެއް ނޫޅޭ އޮޅިގެންނެއް.

  6. އަވަށުމީހުން

    ތިއޮތީ ފޭރިގަނެފައެއްނޫން ރުހުމުން ދީފައި

  7. އަލީ ބިން ޔޫސުފް

    ޖިހާދު ވާޖިބުވަނީ ނިޝާނަކަށެއް ނޫނެވެ. ޖިހާދަކީ ވަލިއްޔުލް އަމުރުގެ ދިދައެއްގެ ދަށުގައި ވަލިއްޔުލް އަމުރުގެ އިޒުނަލިބިގެން ކުރެވޭ އަޅުކަމެކެވެ. ނިޝާނުމެން ކަހަލަ ޚަވާރިޖުންގެ އެންގުމަކަށް ޖިހާދެއް ނުކުރެވޭނެއެވެ.

  8. ޙުނި

    ސީދާ އަބަދު ޖަލުގައި ބާއްވަން ޖެހޭ މީހެށް

  9. ހުސޭނުބެ

    މިމީހުންނާއި މެދު ހަދީޘްގައި މިއީ ކަލްބުއްނާރު އާދެ ނަރަކައިގެ ކުއްތާ ކަމުގައި އޮވެއެވެ. ތިމަންނައަށް ދިމާވެއްޖެނަމަ، އާދު ބާގައިގެ މީހުންނެކޭ އެއްގޮތަށް ގަތުލުކުރާނެ ކަމުގައި އޮވެއެވެ.