އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ހޯމަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ވަޔޮން ނޫހުގެ ޑިޕްލޮމެޓިކް އެންޑް ޑިފެންސް ކަރެސްޕޮންޑެންޓް ސިއްދާންތު ސިބަލް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޑިޔާއާ ރާއްޖޭގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑިފެންސް މިނިސްޓަރގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ވަނީ ކުރައްވާފައެެވެ.
އެ ބައްދަލުކުރެއްވުމުގައި ދިފާއީ އެއްބާރުލުމާއި އެހީތެރިކަން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.