Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ބޯކޮށް ވާރޭ ވެހި ފުވައްމުލަކުސިޓީގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭ ވެހި ފުވައްމުލަކުސިޓީގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެއްޖެ

ބޯކޮށް ވާރޭ ވެހި ފުވައްމުލަކު ސިޓީގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި ފުވައްމުލަކު ސިޓީގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމާ ގުޅިގެން މަގުތަކުން ފެން ހިއްކުމާއި ގެތަކަށް އިތުރަށް ފެން ވަނަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެެންޑީއެފުން ދަނީ ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިގޮތުން މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައިވެއެވެ.

Advertisement
Ooredoo — Square (box)

މިރޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށްބަލާލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު ދެކުނުން އެހެން ހިސާބުތަކަށް ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނެއްގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެއްވޭކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓު އޮފީހުން ލަފާކުރައްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް