ގުޅިގެންކުރާ މަސައްކަތުގެ ތެރެއިން ރާއްޖެ އާއި އިންޑިއާއަށް ގިނަ ލަނޑުދަނޑިތަކެއް ޙާޞިލު ކުރެވޭނެ: މާރިޔާ

ރާއްޖެއާއި އިންޑިއާއިން ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ދެ ޤައުމު ގުޅިގެން، ގިނަ ލަނޑުދަނޑިތަކެއް ޙާސިލު ކުރެވޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ދެއްވި ބަޔާނުގައެވެ.
މާރިޔާ ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުން މިސަރުކާރުގައި އިތުރަށް ފުޅާވެ، ދެ ޤައުމުގެ ސަރުކާރުން ގުޅިގެން ރައްޔިތުންނަށް ފާގަތިކަމާއި އަމާންކަން ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އިންޑިއާ ކަނޑު ތެރޭގެ ހުރި ނުރައްކާތެރި އަދި ކަންބޮޑުވާ އޮއިވަރުތަކުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދެ ދައުލަތާއި ރައްޔިތުންނާއި، މުޅި ސަރަޙައްދު ބަލަހައްޓައި، ސަރަޙައްދުގެ މަޞްލަޙަތުތައް ކުރިއަރުވައި ޙިމާޔަތްކުރުމަށް އޮތް ޒިންމާ ވަރަށް ބޮޑު ކަމަށް މާރިޔާ ވަނީ ފާހަގަކުރައްވައިފައެވެ.
އަދި ސައިބަރ ޑްރިވެން ދުނިޔޭގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި ނަމަވެސް ދެ ޤައުމުންވެސް ޤަބޫލުކުރާ އުޞޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، ބޭނުންވާ ގިނަ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި ވަނީ އިންޑިއާގެ ދިފާޢީ ވަޒީރު އެކަމަނާއާ ބަހައްޓަވާ ގާތްކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.




.jpeg?prefix=media)


ކޮމެންޓް