Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މިއަހަރުގެ ފުރަތަމަ ހަނދުކޭތަ މާދަމާރޭ، ރާއްޖެއަށް ފެންނާނެ!

މިއަހަރުގެ ފުރަތަމަ ހަނދުކޭތަ މާދަމާރޭ، ރާއްޖެއަށް ފެންނާނެ!

މި އަހަރުގެ ފުރަތަމަ ހަނދުކޭތަ 5 މެއި ވާ ހުކުރުދުވަހުގެ ރޭ ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

ހަނދުކޭތަ ހިފަން ފަށާނީ، މާދަމާރޭ ރާއްޖެ ގަޑިން 20:14 ހާއިރުއެވެ. ކޭތަ އެންމެ ފުރިހަމަވެ ފެންނާނީ ރާއްޖޭ ގަޑިން 22:22 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 00:31 ގައެވެ.

މި ހަނދު ކޭތަ ރާއްޖެއަށް ފެންނާނެއެވެ. މި ކޭތަ 4 ގަޑިއިރާއި 18 މިނިޓަށް ދިގު ދެމިގެންދާނެއެވެ.

Advertisement
HDC — Sidebar (box)

މި އަހަރުގެ ދެވަނަ ހަނދުކޭތަ ހިފާނެ ކަމަށް ލަފާ ކޮށްފައިވަނީ 28 ނުވަތަ 29 އޮކްޓޯބަރުގައެވެ.

ހަނދު ކޭތަ ހިފަނީ އިރާއި ހަނދާއި ދެމެދަށް ދުނިޔެ އެއްސަފަކަށް އަރައި، އިރުގެ އަލި ދުނިޔޭގެ ސަބަބުން ހަނދަށް ނޭޅި ދައުރުވާއިރުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް