Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ކޭތަ ހިފިޔަސް މިރޭ ކޭތަ ނަމާދެއް ނުކުރާނެ: މިނިސްޓްރީ

ކޭތަ ހިފިޔަސް މިރޭ ކޭތަ ނަމާދެއް ނުކުރާނެ: މިނިސްޓްރީ
މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެނުނު ނަމަވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި ކޭތަ ނަމާދު ނުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެަް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެކަމަށާއި ފަނޑު ހިޔަންޏެއްގެ ގޮތުގައި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އަނދިރިކަމެއް ކަމަށެވެ. "މި ސަބަބުތައް ހުރުމުން ފަލަކީ ކޮމެޓީގެ ލަފައާއެކު އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މި ރޭ ކޭތަނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާގޮތައްކަމުގައި ދެއްނެވީމެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. މިރޭ ހިފާހަނދުކޭތަ ހިފަން ފަށާނީ، ރާއްޖެ ގަޑިން 20:14 ހާއިރުއެވެ. ކޭތަ އެންމެ ފުރިހަމަވެ ފެންނާނީ ރާއްޖޭ ގަޑިން 22:22 ގައެވެ. ކޭތަ ވީއްލާނީ ދަންވަރު 00:31 ގައެވެ.

މި ހަނދު ކޭތަ ރާއްޖެއަށް ފެންނާނެއެވެ. މި ކޭތަ 4 ގަޑިއިރާއި 18 މިނިޓަށް ދިގު ދެމިގެން ދާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް