އެމްޑީޕީން “ހެޔޮވެރިކަން” މާނަކުރީ ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް: ވައްޑޭ

އެމްޑީޕީން “ހެޔޮވެރިކަން” މާނަކުރީ ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށާއި އެމްޑީޕީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކުރައްވަމުން ވެރިކަން ކުރައްވަމުން ގެންދަވަނީ ސިއްރުކަންކަމާއި ކޮރަޕްޝަން ކަމަށެވެ.
ވައްޑޭ ވިދާޅުވީ މި ފަސް އަހަރުތެރޭގައި ޑިމޮކްރެޓިކް ވެރިކަމެއް މިނާނެ މައިގަނޑު ހުރިހާ ރޮނގަގުންހެން ރާއްޖެ ސޮއްސާލަމުން މިދަނީ ފަހަތަށްކަމަށެވެ.
"އެމްޑީޕީން “ހެޔޮވެރިކަން” މާނަކުރީ ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް. އެމްޑީޕީގެ ނަމުގައި އައި ރ.ސޯލިހުގެ ސަރުކާރުގެ ފަސްއަހަރު ތެރޭ ޑިމޮކްރެޓިކް ވެރިކަމެއް މިނާނެ މައިގަނޑު ހުރިހާ ރޮނގަގުންހެން ރާއްޖެ ސޮއްސާލަމުން މިދަނީ ފަހަތަށް. ކުރިއަށް ދަނީ ސިއްރުކަންކަމާ ކޮރަޕްޝަން" ވައްޑޭ ވިދާޅުވީއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީ ވަނީ ދެބައިވެފައެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ދޫކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރައްވާ ކަން އިއުލާން ކުރައްވާފައެވެ.