Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ހައްޔަރުކޮށްފައިވަނިކޮށް ފިލި މީހާ އަތުލައިގަނެފި

ހައްޔަރުކޮށްފައިވަނިކޮށް ފިލި މީހާ އަތުލައިގަނެފި

ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށުން ސަލާމަތްވެ ފިލި އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ)، އަތުލައިގަނެފިއެވެ.

ފުލުހުން ބުނި ގޮތުގައި ރަސްދޫއާއި ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ޙުސައިން ޝަޙްބާން، މިހާރު ވަނީ ފެނިފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށާއި، އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އޭނާ ފިލާފައި ވަނީ ގޮޅިން އިއްޔެ ނެރެފައި ހުއްޓައި، ފާރު މަތިން ފުންމާލައިގެންނެވެ.

އެ މީހާ ފިލި މައްސަލައާ ގުޅުވައި، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، އެ މީހާ ވަނީ ރަސްދޫ ފުލުހުންގެ ސްޓޭޝަންގެ ތަނެއް ފަޅާލައި، ބައެއް ތަކެތި ވަގަށް ގެންގޮސްފައެވެ. ނަމަވެސް ފުލުހުން ވަނީ އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޚަބަރު ނުފެތުރުމަށް އިލްތިމާާާސް ކުރައްވާ ކަމަށެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް