އެމްޑީޕީގެ ސަރުކާރުން ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ: ޢަލީ ހުސައިން

އެމްޑީޕީގެ ސަރުކާރުން ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ހުސައިން އަލީ ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި އެމަނިކުފާނަށް އިންސާފު ނުލިބި ލަސްވަމުންދާތީ އެކަމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެއެވެ.
"އެމްޑީޕީގެ ސަރުކާރުން ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައެއް ނުދެވޭނެ. މި ސަރުކާރުން އިންސާފުގެ ވާހަކަ ދެން ރަނގަޅުވާނީ ނުދެއްކިއްޔާ" މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަށް 2 އަހަރު ފުރުނުއިރު އެމައްސަލަ ނުބެލި ލަސްވަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެގޮތް ބޭނުންވާތީ ކަމަށް ނަޝީދުގެ ސަޕޯޓަރުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން ރައީސް ޞާލިހަށް ގިނަ ފާޑު ކިޔުންތަކެއް ނަޝީދުގެ ސަޕޯޓަރުން ދަނީ ކިޔަމުން ކަން ފާހަގަކޮށްލެވެއެވެ.