ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް: އަމްރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދަށް އަމާޒުކޮށް މީގެ ދެ އަހަރު ކުރިން ދިން ހަމަލާގައި އެމަނިކުފާނަށް އިންސާފު ނުލިބު ލަސްވާތީ އަމްރު، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހަމަލާއަކީ ސަރުކާރަށް އެނގިގެން ދިން ހަމަލާއެއް ކަމަށެވެ.

"6 މޭ 2021 ގަ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައުލޫމާތު އޭގެ ކުރިން ސަރުކާރަށް އެނގިތިބެ އަޅާނުލާ އަދި ހަމަލާއަށް 2 އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ނުހޯދި ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް." އަމްރު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއްލިބިފައެވެ.

އަދި އެހަމަލާގައި ލިބުނު އަނިޔާތަކަށް ޖަރުމަނުންވެސް އެމަނިކުފާނުވަނީ ފަރުވާ ހޯއްދަވައިފައިކަން ފާހަގަކޮށްލެވެއެވެ.

  1. ދިވެހި ރައްޔިތުން

    އިންސާފު ހޯދަންވީ ކުރީގެ ތިނަދޫ ކޯޓަށް ހުޅުޖެހި މައްސަކަ

  2. އަލިހޮއްކޮ

    ނަޝީދު ތިޔައީ މިގައުމަށް ދިމާވެފައި އޮތް ބޮޑު ބލ ވެރިކަމެކެވެ. ވެރިކަމުގައި ހުރިއިރުވެސް އަދި ވެރިކަމުން ބޭލުވީމާވެސް އެވެ. ތިޔަ ނޮފޮރުއްޕާނުން މި ގައުމު މިންޖެވާނީ ކޮން ދުވަހަކުން ބާވައެވެ؟

  3. ދުމަހުއަ

    ކަލޯ މައިތިރިވެގެން ހުރޭ އެހެންނޫނީ ތިހުރިޙާލުގަވެސް ނުހުރެވޭނެ ވަރަށް ބޮޑު ކުންފުންޏެއްގެ ވަރަށް ގިނަ ކަންތައްތަކާ ޒިންމާވެގެން ހުރިމީހެއްކަން ހަނދާންބަހައްޓާތި

  4. ޖަމިއްޔާ

    ކަލޭވެސް މިފަހަރު ތެދެއް ހަދައިފި އެވެ. ތެދެކެވެ. އިސްލާމް ދީނަށް ހަޖޫޖަހައި، ގުރުއާނަކީ ބަލައިގަންނަ އެއްޗެއް ނޫންކަމާއި އެއީ ފުލޯކު އެއްޗެއް ކަމަށާ އަދި ހުކުމް ކުރުމުގައި އެއްވެސް ވަރަކަށް ގުރުއާނަށް ބަލައިގެންނުވާނެ ފަދަ މޭރުމުން ޑެންމާކުގައި ނަޝީދު ވާހަކަ ދައްކާފައިވާއިރު، އެފަދަ ނުބައި ނުލަފާ މީހަކު އިސްލާމީ ޝަރީއަތުގައި މުރުތައްދުވީތީ ގަތުލުވެސް ހައްގެވެ. ނުވަތަ ޖަލުގައިވެސް ބާއްވަންވީއެވެ. ނަމަވެސް އެކަމަށް އިންސާފުން ކަންތައް ނުކޮށް އޭނާގެ އެމައްސަލަ ތަހުގީގުވެސް ނުކުރިއެވެ. ވީމާ ﷲއާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރިޔަސް ނަޝީދުވީމާ އެއީ މަސުރަހު ހޫނު ނުކުރަންވެގެންނޭ ކިޔައި ކަލޭމެން ރާވައިގެން ތިބެގެން އެކަން ތަހުގީގުނުކޮށް ފިޔަވަޅުވެސް ނޭޅީއެވެ. ނުބައިކަން ބޮޑުބެގެންވާ ޖަރީމާއެއް ކަލޭމެން ހިންގައިފިއެވެ.