Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ނައިފަރު ކައުންސިލަރަކު ޕީޕީއެމް ދޫކޮށް، އެމްއެންޕީއަށް

ނައިފަރު ކައުންސިލަރަކު ޕީޕީއެމް ދޫކޮށް، އެމްއެންޕީއަށް
ޅ.ނައިފަރު ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ސާޖިދު މޯލްޑިވްސް ނެޝަނަލް ޕާޓީ(‏އެމްއެންޕީ) އާ ގުޅިވަޑައިގެންފިއެވެ.
ސާޖިދު އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އޭނާގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމެވެ.
ނައިފަރު ކައުންސިލުގެ މެންބަރުކަމުގެ ގޮނޑިއަށް ސާޖިދު ހޮވި ވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. ނައިފަރު ކައުންސިލުގައި ތިއްބެވި ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ. އެ ރަށަކީ ޕީޕީއެމަށް ތާއީދު ބޮޑު ރަށެކެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް