ދިވެހި މަސް ކަނޑުން ގެއްލުނު ބައި އަލުން އަނބުރާ ހޯދޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިފަދައިން ވިދާޅުވީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަކީ އިސްތިއުނާފީ ހައްގު ލިބިދޭ ހުކުމެއް ނޫން ކަމަށާއި، އެ ނިންމުން އެއްވެސް މަރުހަލާއެއްގައި ބަދަލުނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އާޒިމާވިދާޅުވީ އިޓްލޮސްގެ އިޖުރާއީ އުސޫލުތަކުގެ ތެރެއިން ކުރެވޭނެ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދުން ގެއްލުވާލި ބައި އަނބުރާ ހޯދޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އަދި ގައުމުގެ ހައްގުގައި ތެދުވާނެ މީހުން މަދު ނުވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ދާދިފަހުން ވަނީ ނިންމާފައެވެ.
ތިވާހަކައިގާ ނެން ފޯރި ކީއްވެ ރަށްތައްނުހޯދޭނީ އެވަރު ގާބިލުކަމެއްނެންދޯ