Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ކޭޕާކުގެ ހިޔާނާތް: އިތުރު ދެމީހުންގެ ޕާސްޕޯޓު ހިފަހައްޓައިފި

ކޭޕާކުގެ ހިޔާނާތް: އިތުރު ދެމީހުންގެ ޕާސްޕޯޓު ހިފަހައްޓައިފި

ހުޅުމާލޭގައި ހަންބޯ ކޮމްޕެނީއިން ހަދަމުން އަންނަ މަތީ ފަންތީގެ ކޭޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގައެވެ.

ހަންބޯ ކޮމްޕަނީ ޕްރައިވެޓްލިމިޓެޑާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ.ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާއްމުންނަށް ވިއްކަމުން ގެންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަންބޯ ޓެކްގެ ލޯކަލް އެޖެންޓު ހަންބޯ ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ތަހުގީގެއް ފަށައި އޭނާއަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ޕާސްޕޯޓް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހިފަހައްޓާފައެވެ.

Advertisement
Allied Insurance — Square (box)

އޭނާގެ އިތުރުން ތަހުގީގަށް ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ކަށަވަރުކޮށްދެއްވިއެވެ. އެހެންނަމަވެސް އެއީ ކޮންބައެއް ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް