"މޮކާ"ގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ވިއްސާރަވެ މޫސުން ގޯސްވާނެ!

ބޭ އޮފް ބޭންގާލްގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށާއި "މޮކާ"ގެ ނަމުން ނަން ދެވިފައިވާ މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓު އޮފީހުން މިއަދު ވިދާޅުވީ، ތޫފާން "މޮކާ" މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެކަމަށެވެ. "މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ." މެޓުން ވިދާޅުވެއެވެ. މެޓުން ވިދާޅުވި ގޮތުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެއިދާރާއިން ވަނީ ލަފާކުރައްވައިފައެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.





ކޮމެންޓް