ޚަބަރު އިޖުތިމާޢީ

ހުޅުމާލެ ފަޅު ހިއްކުމާމެދު މޭޔަރ މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހުޅުމާލެ ފަޅު ހިއްކުމާމެދު މާލެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Sosun Fihaara

މޭޔަރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއްނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެކަމެކޭ ވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. 

މޭޔަރ މުއިއްޒު ވިދާޅުވީ ހިއްކަންއުޅޭކަމަށް ބުނާ ސަރަޙައްދަކީ، އެޗް.ޑީ.ސީ އަށް (މިހާރު "އަރބަންކޯ) އަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއްކަމަށާއި ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށެވެ. އަދި މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފުކަމެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ  ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރ ޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި ޢަމަލު ކުރަމުންދާއި ޤާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން މޭޔަރ ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގެ ތެރޭގައި މި މަޝްރޫއަކީ ލާމަރުކަޒީ ޤާނޫނުގެ 68 (ހ) އާއި ޚިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫޢެއް ކަމަށާއި ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއްކަމަށެވެ.

"ވުމާއެކު، މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސް ގެ ތެރޭގައި ހިމެނޭ އަދި އަރބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ޤާނޫނާއި ޚިލާފަށް، ހުޅުމާލޭގެ މާސްޓަރޕްލޭނާއިވެސް ޚިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާޙު ކުރައްވަވާ، ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރަން." މޭޔަރ ވިދާޅުވިއެވެ.

މޭޔަރ މުއިއްޒު އިތުރަށް ވިދާޅުވީ މިމަޝްރޫއު މިގޮތަށް ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.

  1. އަލީ ރަޝީދު

    ތިޔައީ ކައުންސިލް ތަނެއްނަމަ މިހާރު ހުންނާނީ ވިއްކާ ނިންމާ، ފައިސާކޮޅު ޖީބަށް ޖަހާލާފައެވެ. އަހަރުންނަށް މުއިއްޒު ބަރާބަރަށް އެގެއެވެ.