ޚަބަރު ސިޔާސީ

ވައްޑެގެ ސުވާލެއް: ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުށްވެރިކުރާ ހިސާބަށް އެމްޑީޕީ ދިޔައީ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުށްވެރިކުރާ ހިސާބަށް އެމްޑީޕީ ދިޔައީތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ސުވާލު އުފައްދައިފިއެވެ.

Ads by Hajj Corporation

ވައްޑޭ މިހެން ވިދާޅުވީ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ދިވެހި އެމްޑީޕީން ކުށްވެރިކުރުމާއި ގުޅިގެންނެވެ.

ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންނާއި އެނޫވެސް ކަމާ ގުޅުންހުރި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށް "ފޯޅަވަހި ކޯލިޝަނުން" ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ އިއްޔެއެވެ.

މިއާއެކު އިން ވަކިކުރުމުގެ މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އޭޖީގެ އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލަ އެޕާޓީން ވަނީ ކުށްވެރިކޮށްފައެވެ.

  1. ކޮރަކަލި

    ވައްޑޭމެންނަކީ ރައިޔަތުންގެ ކުރިމަތީގައި ވަރަށްބޮޑަށް އަގުވެއްޓިފައި ވާމީހުން ވަށްޑޭމެން ދަށްކާވާހަކަ އަޑުއަހަނެ ބަޔަކު މިގައުމުގައި ތިބިހެން ހީއެއްނުވޭ