ޚަބަރު ސިޔާސީ

ޠާރިގު މަހްލޫފަށް: ރިފްއަތުގެ އިތުބާރުނެތް މައްސަލައާ އެހާ ބޮޑަށް ނޫޅުއްވާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެޓާނީ ޖެނެރަލް، އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެގެންދާނީ "ޖަމަލު ފޮޑި"އަކަށް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެ ފާޑުވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގް މަހްލޫފަށް ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

މަހްލޫފަށް ރައްދު ދެއްވައި ޠާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން މަހްލޫފަށް ޖައްސާފައިވާ ހާލާމެދުގައި އެކުގައި އުޅުނު މެންބަރެއްގެ ހައިސިއްޔަތުން ހަމްދަރުވީވާކަމަށެވެ.

"މިނިސްޓަރު މަހްލޫފުއެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނިންމާނީ މަޖިލީހުންނެވެ. ރިފްއަތުގެ އިތުބާރުނެތް މައްސަލައާ އެހާ ބޮޑަށް ނޫޅުއްވާށެވެ. މަނިކުފާނަށް ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން ޖައްސާފައިވާ ހާލާމެދުގައި އެކުގައި އުޅުނު މެންބަރެއްގެ ހައިސިއްޔަތުން ހަމްދަރުވީވަމެވެ" މެމްބަރު ޠާރިގު ވިދާޅުވިއެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ޗާގޯސް މައްސަލައިގައި އެކުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗާގޯސް މައްސަލައިގެ ހަޤީޤަތް އޮޅުވައިނުލުމަށް އެދިވަޑައިގެންފައެވެ. އަދި  އޭޖީގެ ކަރުގައި، ހަޤީގަތުގައި އަޅުވަންވީ، މާފައްޗެއް ކަމުގައި މަހްލޫފްވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ދިވެހިރާއްޖޭގެ ސަރަހައްދު ބޮޑުވުމުން ފައިދާ ވާނީ މުޅި އިސްލާމީ އުއްމަތަށް ލިބެން އޮންނަ އެންމެ ބޮޑު ސަރަހައްދެއް ހޯދުމަކީ ބުއްދިވެރި ގޮތް ދިވެހިރާއްޖެ މިއޮތް ލޮކޭޗަނީ އިސްލާމީ އުއްމަތަ ވަރަށް މުހިންމު ލޮކޭޝަނެއް ، މުޤައްދަސު ބިންތަށް ހިމާޔަތްކުރަން ވެސް ރަގަޅު ލޮކޭޝަނެއް !،

    • ތެދުފުޅެއް. ޠޮއިބާ އާއި ބައިތުލްމަޤްދިސް ފަދަ މުޤައްދަސް ބިންތައް ޙިމާޔަތްކުރާކަށް މިވަރުގެ ލޮކޭޝަނެއް ނޯންނާނެ. ސައުތު އޭޝިޔާ ސަރަހައްދުން އެފްރިކާ ސަރަހައްދަށް އިތުރުވި އިތުރުވުމެއް. މިއީ ރާއްޖެއަށް ކޮންފަދަ ނަސީބެއް.

  2. ކަނޑުވިއްކާ

    ކޮން ރިއްފަތެއްތޭ ރާއްޖޭގައި ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހަދައިގެން އައިސްތިބި ފުރަމާލޭ މީހުން ވެސް ބައިވަރޭ ދެން ބަނޑުއަކިރި އަކު އޭޖީ އަކަށް ލައިގެން ރާއްޖޭގެ ކަނޑުވިއްކާލާ 500 މިލިއަން ޑޮލަރުގެ ކަޓް ޖެއްސި މީހަކު އޭޖީ ކަމުގައި ބަހައްޓަން ނުޖެހޭނެއޭ މަޖްލީހުން މިކަން ފާސްނުވެއްޖެނަމަ އޮންލައިން ކޮށް މާލެ ސަރަހައްދުގައި ތިބި އެންމެން ވޯޓް ލައިގެން ވެސް އޭނާ ބޭރުކުރާނަމޭ ރުހުުމުގައި ގެއަށް ކަނޑާލަންވީއޭ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ ކަނޑުވިއްކާ ކޮތަޅު ވިއްކާ