Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ރާއްޖޭގެ ދެކުނުން ޗާގޯސް މަތީީގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިއްޖެ

ރާއްޖޭގެ ދެކުނުން ޗާގޯސް މަތީީގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިއްޖެ

ރާއްޖޭގެ ދެކުނުން ޗާގޯސް މަތީގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިއްޖެއެވެ.

"ފެބިއަން"ގެ ނަމުން ނަން ދީފައިވާ މިކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ، ކޮޅިގަނޑު ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. އެކަމަކު މި ކޮޅިގަނޑުގެ ނުސީދާ އަސަރު ނުކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިއަދު މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރަނީ އުތުރުގެ އަތޮޅުތަކަށެވެ. އެގޮތުން އެންމެ އުތުރުގެ ތިން އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އިން ވަނީ ލަފާ ކުރައްވައިފައެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން މަޢުލޫމާތުދެއްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް