ޚަބަރު ސިޔާސީ

ފުއްގިރި މައްސަލަ: ހެކިތަކުގެ އިސްތިއުނާފު ހުކުމް ކުރުން ފަސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ.ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެެޅުންތައް ކްރިމިނަލް ކޯޓުން ބަލައި ނުގަތް މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން މިއަދު ގޮތެއް ނިންމާނެ ކަމަށް ބެލެވުނު ނަމަވެސް މިއަދު މައްސަލަ ތާވަލެއް ނުކުރިއެވެ.

Ads by STELCO

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ރިޒާއެވެ. އޭނާ ވެސް ވަނީ ހެކިތަކާއި ގުޅޭ އިސްތިއުނާފު ހުށަހަޅާފައެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ނިމިދިޔަ ހަފްތާގެ ތެރޭގައި ދެ އަޑުއެހުން ބޭއްވުމަށް ފަހު މިއަދަށް ހުކުމް ކުރުން ތާވަލު ކުރި ނަމަވެސް، ކޯޓުގެ ޝެޑިއުލްގައި ހުކުމް ކުރުން ހިމަނާފައި ނުވެއެވެ. ހުކުމް ކުރުން ފަސް ކުރި ސަބަބެއް ސާފެއް ނޫނެވެ.

ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ތުހުމަތުކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!