Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ގޭސްފުޅިއެއް ގޮވައި ނަރުހަކު ވަރަށް ބޮޑަށް ފިހިއްޖެ!

ގޭސްފުޅިއެއް ގޮވައި ނަރުހަކު ވަރަށް ބޮޑަށް ފިހިއްޖެ!

ގޭސް ފުޅިއެއް ގޮވައި ނަރުހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ފިހިފައިވަނީ ރ. މަޑުއްވަރީ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާއިރު، އޭނާއަށް މަޑުއްވަރީގައި ފަރުވާދިނުމަށްފަހު  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް، ރޭގެ ވަގުތެއްގައި ވަނީ ފޮނުވައިލައިފައެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގައިފައިވަނީ ރޭ 11:30 އާއި 12:00 އާއި ދޭތެރޭގެ ވަގުތެއްގައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގެއެވއ.

Advertisement
Allied — Dhen Online (box)

މި ހާދިސާ ހިނގީ އޭނާ ޑިއުޓީ ނިންމާލާފައިގޮސް ކާން އުޅުމުގެ ތެރޭގައި ކަމަށް "ދެން" އާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރާއްޖޭގައި ގޭސްފުޅި ގޮވައިގެން މީހުންގެ ފުރާނައަށް ނުރައްކާވާ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަވަނީ ގެއްލިފައިކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް