Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ފުރަތަމަ 3 މަސް ދުވަހު މަސްތުވާތަކެތީގެ 1154 މައްސަލަ ރިޕޯޓްކުރި: ފުލުހުން

ފުރަތަމަ 3 މަސް ދުވަހު މަސްތުވާތަކެތީގެ 1154 މައްސަލަ ރިޕޯޓްކުރި: ފުލުހުން

މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހު މަސްތުވާތަކެތީގެ 1154 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތަފާސް ހިސާބުތަކުގެ ރިޕޯޓްގައި ބުނެފައިވާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި ފުލުހުންނަށް ރިޕޯޓްކުރި 1154 މައްސަލައިގެ ތެރެއިން 461 މައްސަލަ ލޮޖުކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހަކު ހައްޔަރުކޮށްފައިވާއިރު. 69 މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރަށް 77 މައްސަލަ ނިންމަވައި ފައިލްކުރައްވައިފައިވާކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އަތުލައިގެން 16.3 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައީ ކެނަބިސްއެވެ. އެގޮތުން 8896 ގްރާމްގެ ކެނަބިސް އަތުލައިގެންފައިވާއިރު، މި މުއްދަތުގައި 3063 ގްރާމްގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން 2151 ގްރާމްގެ ހެރޮއިން އާއި މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ އެހެނިހެން ތަކެތީގެ ގޮތުގައި 2183 ގްރާމްގެ ތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement
Ooredoo — Truecaller (box)

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް