ޚަބަރު ސިޔާސީ

"ފިކުރެއްގެ ދިރުން" ޕާޓީގެ ސްޕޯރކްސް ޕާރސަންއަކަށް އަފްޝަން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އުފައްދަން މަސައްކަތް ކުރާ އައު ސިޔާސީ ޕާޓީގެ ސްޕޯރކްސް ޕާރސަންގެ ގޮތުގައި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހަމަޖައްސައިފިއެވެ.

Ads by Hajj Corporation

ނަޝީދުގެ ފެކްޝަނުން އުފައްދަން މަސައްކަތް ކުރާ އައު ސިޔާސީ ޕާޓީއަށް ނަމާއި ލޯގޯ އާއި ކުލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު ޕާޓީ އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެފެކްޝަނުން މައުލޫމާތު ދެއްވައެވެ.

ފިކުރެއްގެ ދިރުމުން ހަދަން ގަސްތުކުރާ ސިޔާސީ ޕާޓީއަށް ނަމާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައިވާއިރު، އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 ކުރިން ނަމާއި ލޯގޯ ހުށަހެޅުމަށް ވަނީ ހުޅުވައިލައިފައެވެ. ފިކުރެއްގެ ދިރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ގ. ބޮޑުފެންވަޅުގޭގައެވެ.

އެޕާޓީގެ ސްޕޯރކްސް ޕާރސަން އަަކަށް ހަމަޖެއްސި އަފްޝަން (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 15 ގައިއެވެ. އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ނަމަވެސް ފަހުން ނަން އަނބުރާ ގެންދެވިއެވެ. އަފްޝަން އެލްޖީއޭއަށް އައްޔަންކުރުމުގެ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ.

 

Ads by Ooredoo
  1. ތިޔައީ ހަމަ ޑީއާރުޕީ ތެރެއިން އުފެދުނު ޒެޑް ޕާޓީ ކަހަލަ ޕާޓީއެއްތޯ ؟ ނަޝީދު ބުނި ޑިމޮކްރަސީ ކޮބައިތޯ ؟ ޑިމޮކްރަސީ އެއީ ހިމަތޮޅިކޮށް ބޯކޮޅު މައްޗަށް ތިރިޔަށް މިތާއި އެތާގައި ނުވާ އެއްޗެއްތޯ ؟