ޚަބަރު ސިޔާސީ

"ދަ ޑިމޮކްރެޓްސް" އަށް ވަންނަން ވަރަށް ގިނަ މީހުން ދަނީ ފޯމު ފުރަމުން: ޝިފާޒް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މުހައްމަދު ޝިފާޒް: ފޮޓޯ ދެން އިމޭޖަސް

"ފިކުރެއްގެ ދިރުން" އަށް ސަޕޯޓްކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ވަނުމަށް ވަރަށް ގިނަ މީހުން ފޯމު ފުރަމުން އަންނަކަމަށާއި ޕާޓީގެ ހުރިހާ ކަމެއް ކުރާނީ މެމްބަރުންގެ ބައިވެރި ވުމާއެކުގައި ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތެރިވަމުން އަންނަ، އެމްޑީޕީގެ ކުރީގެ ނައިބު ރައީީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ޕާޓީއަށް ނަމެއް ހޯދީވެސް ވަރަށް ގިނަ ބޭފުޅުންގެ ބައިވެރިވުމާއެކީގައި ކަމަށެވެ.

"އަޅުގަނޑުމެން މިދެދުވަސް ތެރޭގަައި ފުރަތަމަ ނިންމީ ނަމެއްގެ ވާހަކަ އެވެސް ހަމަ ވީހާވެސް ގިނަ ބޭފުޅުންގެ ބައިވެރިވުމާއެކީގައި މަޝްވަރާއާއި އެކީގައި އެކުރު މުއްދަތު ތެރޭގައި އެހެންނަމަވެސް ގެންދެވޭނެ ހުރިހާ ގޮތެއް ހޯދާފައި އަޅުގަނޑުމެންގެ ވިސްނުމުގައި ވަރަށް ގިނަ ބޭފުޅުންގެ ބައިވެރިވުން ލިބިގެން އަޅުގަނޑުމެންނަށް ނަމެއްވެސް މީނީ އިރާދަކުރެއްވިއްޔާ ފައިނަލް ކުރެވިފައި" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ޕާޓީގެ އެހެނިހެން ހަރަކާތްތައްވެސް ދާނީ ޕާޓީގެ އާއްމު މެމްބަރުންނާ އެންގޭގްވެގެން މެމްބަރުންގެ ވިސްނުމާއި ހިޔާލާ އެބޭފުޅުންގެ ބައިވެރިވުން ހޯދައިގެންކަމަށެވެ. އަދި ބައިވެރިވުން ހޯދުމަކީ ހަމައެކަނި ޝޯޝަލް މީޑިއާއަށް ދޫކޮށްލާ މެސެޖެއް ނުވަތަ ޓްވިޓާގައި ފާޅުކޮށްލާ ހިޔާލެއް ގޮތަށް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދަންނަވަނީ އިނގޭތޯ މިފޯމް ފުރުމުގެ މެމްބަރޝިޕް ފޯމުފުރުމުގެ މިހަރަކާތަށް އަޅުގަނޑުމެން ދަންނަވާލާއިރު އެބަ އާދޭ ހަމަ ރެއަކަށް އަޅުގަނޑުމެން މިވަގުތު މިމަސައްކަތް ކުރާ ބޮޑުފެންވަޅުގޭ ހޯލް ހަމަ އެއްކޮށް ފުރާއިގެން ހަމަ ބޭރާއި އެކީގައި އަޅުގަނޑުމެންނަށް ކިރިޔާ މީހުން މި އެތާ ތިބެވެނީ އިށީނދެއްޖެއްޔާ ހަގީގަތުގައި ނުތިބެވޭ. އެހާ ގިނަ މީހުން އިރާދަ ކުރެއްވިއްޔާ އެބަ އާދޭ. އޭގެން ކޮންމެ ބޭފުޅަކީ މިވަގުތު އަޅުގަނޑުކުރިން މިފާހަގަ ކުރި މަސައްކަތަށް މިއަދު އަހުލުވެރިވާ ބޭފުޅެއް" ޝިފާޒް ވިދާޅުވިއެވެ

އެމްޑީޕީ ތެރޭގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދަވާ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިއްޔެވަނީ އިލެކްޝަނަށް ހުށަހަޅައިފައެވެ.

  1. ކައިދާ

    މިރާއްޖޭގަ ލާދީނީ ބައިގަނޑާ ވެބް ކެމް ކުރިމަތީގަ ބަރަހަނާ ވާމިހުނާ ހިނދުކޮޅުގަ ތިބުމާ ޖުވާފަދަ އިސްލާމްދީނާ ޚިލާފް ކަންތައް ކުރަން ބޭނުންވާ މީހުން ޒުވާނުންގެ ތެރޭގަ ތިބޭނެ އެބައިގަނޑު ގުޅޭނެ ތިޔަ ބައިގަނޑާ ލަނޑަޔާ ވާނީ ލަނޑަޔާއޭ ބުނޭނު

  2. 6 ކަ ކޮރަކަލި ތި ބައިގަނޑަށް ވަދެދާނެ.. އެކަމަކާ ދެކޮޅެއް ނަހަދަން.

  3. ދެކޮޅުބަލާ

    ހިނިއަނއނަނީ ތިޔަ ނަޝީދަކު އުޅޭގޮތަކުން.