Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޢައްބާސް ހޯދަން ފުލުހުން އިޢުލާނު ކޮށްފި

ޢައްބާސް ހޯދަން ފުލުހުން އިޢުލާނު ކޮށްފި

އިދިކޮޅު ފަރާާތްތަކުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅުއްވި، ޢައްބާސް ޢާދިލް ރިޟާ (45އ) ކޯޓަށް ހާޒިރުނުވުމުން އޭނާ ހޯދަން ފުލުހުން މިއަދު އިއުލާން ކުރައްވައިފިއެވެ.

ޢައްބާސް އަކީ ސަރުކާރުގެ ގިނަ މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން އޭނާ ވަނީ ކަސްޓަމްގެ ކޮމިޝަނަރުކަމާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވައިފައެވެ.

ޢައްބާސްގެ މައްޗަށް ތުހުމަތު ކުރަނީ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރުމާއި މާލޭގެ ބައެއް ތަންތަނުގައި ހުޅުޖަހަން ހިތްވަރު ދިން ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޢައްބާސްގެ މައްޗަށް، ދައުލަތު ކުރަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދަޢުވާއެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ގުޅުއްވައި، މަޢުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިވަޑައިގަންފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް