ޚަބަރު

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލައެއް ފާހަގަކުރެވިގެން ބޭނުންކުރުން މަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލައެއް ފާހަގަކުރެވިގެން އެ ބޭނުންކުރުން މަނާކޮށްފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ބުނެފައިވެއެވެ.

އެ ބޭހުގެ RP21311 ބެޗު އެއްވެސް ފާމަސީއަކުން ނުވަތަ ޞިއްޙީ ޚިދުމަތް ދޭ ތަނެއްގައި ހުރިނަމަ އެކަން އެއޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެމްއެފްޑީއޭއިން އެދިވަޑައިގަނެއެވެ.

އެ އިދާރާއިން ބުނީ ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕޯޓްތައް ޚާއްޞަ ސަމާލުކަން ދީގެން ބަލައި ފާސްކުރާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!