Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

އަލިފާން ރޯވި ބޯޓު އަޑިއަށްގޮސް މުދާތައް އޮޔާދާތީ ސަމާލުވާން އެދެފި

އަލިފާން ރޯވި ބޯޓު އަޑިއަށްގޮސް މުދާތައް އޮޔާދާތީ ސަމާލުވާން އެދެފި

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި އެ ބޯޓު އަޑިއަށް ގޮސް މުދާތައް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުުހުން އިލްތިމާކޮށްފިއެވެ.

މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ.އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާން ރޯވި އިރު މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާ ބ.ކަމަދޫއަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެއެވެ. މި ބޯޓުގައި ރޯވި އަލިފާންގަނޑު ނިންވާލުމަށް ފޯ ސީޒަން ރިޒޯޓުން ދެއްވި އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް