އައްޑޫ ސިޓީގެ ރައްޔިތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް، ވެރިކަމުގެ ދެވަނަ ދައުރެއް ދިނުން ލާޒިމު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެރަ ގޮތެއް ވެދާނެ ގޮތަކަށް ޢަމަލު ކުރުމަށް، އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު އެދިވަޑައިގަންނަވައިފިއެވެ.
ނިޒާރު މިހެން ވިދާޅުވީ، އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
އޭނާ ވަނީ، މި ސަރުކާރުން މިހައިތަނަށް އައްޑޫގެ ތަރައްގީ އަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. މިއީ އައްޑޫއާ ނުލާ ރާއްޖޭގެ ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ޞާލޙު ގެންގުޅުއްވާ ވިސްނުން ހަޤީޤަތަކަށް ހެދުމަށް ކުރާ ހޭދައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ސިޔާސީ ސިޔާސަތަށް އަންނަ ބަދަލާއެކު ފަހަތަށް ދެމިގަތުމަކީ މީގެކުރިން ރައްޔިތުން ކުރި ހިތި ތަޖުރިބާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެރަ ގޮތެއް ވެދާނެ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް އައްޑޫ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ލާޒިމުވާ ސަބަބަކީ އައްޑޫގެ އިގްތިސާދު ބިނާކުރުމަށް، އައްޑުގެ މުސްތަޤްބަލު ބިނާކުރުމަށް. އަޅުގަނޑުމެން އެކަން ކުރަންޖެހޭ." ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ދެއުޅިއެއް ނުވާ ވާހަކަތަކަށް ބަލާއިރު ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ބޮޑުވެގެންވާ ބޮނޑިއެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިކަމާ މުޅި ރާއްޖޭގެ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެކުވެރި ނިޒާރު އަދި ކަށަވަރު ކުރަންޖެހޭ ދިވެހިންގެ ކިތައް % ދިވެހިންނައްތޯ ވަޒީ ލިބެންވާނީ އަދި ކިތައް % ބިދޭސީން މިއީ ލިޔެކިއުމުން ކަށަވަރުވާންޖެހޭ ކަމެއް. ޝުކުރިއްޔާ