Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރަނީ

އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރަނީ

އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކުއާގައި ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް "ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ" ކަމަށެވެ. އަދި އެކަމާއި ގުޅޭ މަސައްކަތްތައް މިހާރު ގެންދަވަނީ ކުރައްވަމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ. އަދި އައްޑޫގައި ޓޫރިޒަމާއި ގުޅުންހުރި ބިޔާ މަޝްރޫއެއްވެސް ރައީސް ވަނީ ފައްޓަވައިދެއްވާފައެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް