Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

އާބަންކޯއިން އަންހެނުންނަށް ކަރަންޓު ސާމާނު މަރާމާތު ކުރަން ދަސްކޮށްދެނީ

އާބަންކޯއިން އަންހެނުންނަށް ކަރަންޓު ސާމާނު މަރާމާތު ކުރަން ދަސްކޮށްދެނީ

ކަނބަލުންނަށް އަމާޒުކޮށްގެން އާބަންކޯއިން ގޭ ތެރޭ ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތު ކުރަން ދަސްކޮށްދޭ ކޯހެއް ހިނގުމަށް ނިންމާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާބަންކޯ އިން ބުނީ މިކޯސް ކުރިއަށް ގެންދާނީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އަރބަންކޯއާ ގުޅިގެންކަމަށެވެ. އަދި މިކޯސް މި ކޯހުގައި ބައިވެރިވާން ބޭނުންވާ އަންހެން ކަނބަލުންނަށް އޮންލައިންކޮށް ބައިވެރިވެވޭނެކަމަށްވެސް އާބަންކޯއިން ބުނެފައިވެއެވެ.

"ވިލުނުވެރި ކަނބަލުން" ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޯހަކީ 8 ގަޑިއިރުގެ ކުރު ކޯހެއްކަމަށްވެސް އެކޯޕަރޭޝަނުންވަނީ ބުނެފައެވެ. މިކޯހަކީ އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ ކޯހެއްކަމަށާއި މިކޯހުގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދީ އެތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށް އާބަންކޯއިން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް