ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: ޝިޔާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރަން އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ އަގުލަބިއްޔަތުން މިއަދު ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. މަޖިލީހަކީ ސަރުކާރުން ބޭނުންހާ ކަމެއް ކުރަން އޮންނަތަނެއް ނޫން. މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން" ޝިޔާމް ވިދާޅުވިއެވެ

އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 110 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި އެމްޑީޕީން އިސްވެ އޮވެ އެމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މިހާރު ތިބެނީ 56 މެމްބަރުންނެވެ. އޭގެ ތެރެއިން މިއަދުގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވީ 42 މެމްބަރުންނެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ފާސްވީ 36 މެމްބަރުންގެ ވޯޓާއިއެކު އެވެ.

Ads by Ooredoo
  1. އަންނިބުލާ

    ކުރިން ބޭނުންވި. މިހާރު ޞޭނުންގޮތަކަށް ޙުދު މޫޙުތާރުކޮށް ކަންތައްކުރާތީ. އަންނއަކީ މިގައުމަށް ޖެހުނު ބަލާވެރިކަމެއް.

    • ދީދާރު

      ނަށީދަށް ތާއީދުކުރި ކުރުން ނިމިއްޖެ.
      ޕީޕީ ކުދިން ކުރިން އުޅުނީ ވަކިކުރަން މުނާފިގު ވިޔަސް ބޮޑުވަރު

  2. އިއްބެ

    ޝިޔާމަކަށްއެކަމެއްނޭންގޭނެއެކަންއެނގޭނީއެމްޑީޕީމެމްބަރުންނަށް

  3. ވިރުބޮޑު

    ކަލޯ ދަނޑި ދަމާޑިމޮކު ރެސީގެ ގަންޖާބޯއަތުން ސޭބޮއިގެން ދަށްކާ ވާހަކައެއް