ޚަބަރު

ރައީސް ނަޝީދަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު ނަޝީދަކީ ސީދާ ޕީޕީއެމް ފިކުރުގެ ބޭފުޅެއްކަން ޔަގީން ވެފައިވާ ކަމަށެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު 54 މެމްބަރުންނާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ރައީސް ނަަޝީދު ވަކިކުރަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން، ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން، މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން ހިމެނެއެވެ.

މީގެ އިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުން، އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ އަށް ހުރަސް އެޅުއްވުމާއި ވަކި ފަރާތަކަށް ޖެހިވަޑައިގެން މެންބަރުންނާ ޒާތީ ތައައްސަބެއް ބޭއްވުން ވެސް ވަކިކުރަން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!