ޤާސިމަށް ރައީސް ނަޝީދުގެ މަރުޙަބާ

ޖޭޕީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އެރުވުމުން މަޖިލީހުގެ ރައީސް,ރައީސް މުހައްމަދު ނަޝީދު، ޤާސިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޤާސިމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އެންމެންގެވެސް ވާޖިބެއް ކަމަށެވެ.
ޤާސިމަށް ރައީސް ނަޝީދު މަރުހަބާ ދެންނެވިއިރު ރިޔާސީ އިންތިހާބަށް ދެ ބޭފުޅުން އެކުގައި މަސައްކަތްތަކެއް ކުރައްވާ މަޝްވަރާތަކެއްވެސް ކުރެއްވިއެވެ. ނަމަވެސް ޤާސިމް މިދާކަށް ދުވަހު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ބޭނުންފުޅު ވަނީ ޤާސިމް ބޭނުންކުރައްވައިގެން ވެރިކަމަށް ވަޑައިގަންނަވަން ކަމަށެވެ. އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވެސް ވަނީ މި ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ވާދަކުރަން ނިންމާފައިވަނީ އެމަނިކުފާނުގެ ސަޕޯޓަރުން އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އިންނެވެ. ނަމަވެސް އެ ޕާޓީ ރަސްމީކޮށް ރެޖިސްޓްރީ ވެފެއިނުވާއިރު, ޕާޓީގެ ޓިކެޓް އަދި އަރުވާފައެއް ނުވެއެވެ.