ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިހާރު ތިބީ އުމްރާގެ އަޅުކަމުގައި، އެންމެންގެ ޙާލުވެސް ރަނގަޅު!

1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރި ފުރަތަމަ ގުރޫޕް މިވަގުތު ދަނީ އުމްރާގެ އަޅުކަން އަދާ ކުރަމުން ކަމަށާއި، އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ފުރަތަމަ ގުރޫޕުގައި ދިޔައީ ޙައްޖު ކޯޕަރޭޝަނުގެ ޙައްޖާޖީންނެވެ. އެގުރޫފް ފުރާފައިވަނީ އިއްޔެ ހަވީރުއެވެ. އެގުރޫޕަށް މައްކާ އަށް ދެވިފައިވަނީ ރޭ ފަތިހުއެވެ.
1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ 2 ވަނަ ގްރޫޕް މިއަދު ފުރަން ހަމަޖެހިފައިވާއިރު މިއަދު ފުރާނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދާ ގްރޫޕެވެ. މި ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12:50ގައެވެ.
ޙައްޖުވެރިން ފުރުން ކުރިއަށް ދާނީ މި މަހުގެ 19 އާ ހަމައަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ޙައްޖުވެރިން ފުރުމާ ގުޅޭ މަޢުލޫމާތު ސާފުކުރަން ޚާއްސަ ހޮޓްލައިނެއް ވެސް ތަޢާރަފު ކުރައްވައިފައެވެ. އެއީ 1433އެވެ.