600 މީހުންނާ ވާދަކޮށް ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާތަކާއި ބެހޭ ހާއްސަ ބޯޑަށް ސަފާތު
ކޮމަންވެލްތު ފައުންޑޭޝަނުން އެކުލަވައިލާ މަދަނީ ޖަމިއްޔާތަކާއިބެހޭ ހާއްސަ ބޯޑުން އޭޝިޔާ ތަމްސީލުކޮށްދޭ ގަވަރުނަރުގެ ގޮތުގައި, ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ބާނީ ސާފަތު އަޙްމަަދު ޒާހިރު އައްޔަން ކުރެވިއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލެވުނު ފުރުސަތުގެ ދަށުން ކޮމެންވެލްތުގެ 5 ސަރަހައްދު ކަމުގައިވާ, އެފްރިކާ, އޭޝިޔާ, ކެރޭބިޔަން އެންޑް އެމެރިކާސް, ޕެސިފިކް އަދި ޔޫރަޕް, މިއިން ކޮންމެ ސަރަހައްދަކުން 1 ގަވަރުނަރު އައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭޝިޔާއިން ކުރިމަތިލި 600 އެއްހާ ފަރާތްތަކުގެ ތެރެއިން މިސަރަހައްދުން މި ފަހަރުވެރި މަގާމަށް ހޮވިފައިވަނީ ސަފާތުއެވެ.
ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާތަކާއި ބެހޭ ހާއްސަ ބޯޑުގައި އޭޝިޔާ ބައްރު ތަމްސީލުކޮށްދޭ ގަވަރުނަރުގެ ހައިސިއްޔަތުން ކޮމަންވެލްތް ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލްއާއި ގާތުން މަސައަކަތް ކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކޮންޓެންޓު އެޑްވައިޒަރީ ކޮމިޓީ ފޯރ ކޮމަސްވެލްތް ޕީޕަލް އަދި ކޮންމެ އަހަރަކު ބާއްވާ ބޯޑް އޮފް ގަވަނާރސް ބައްދަލުވުންތަކާއި އަދިވެސް އެހެނިހެން އެގްޒެކެޓިވް ކޮމިޓީތަކުގެ ބައްދަލަވުންތަކުގައި އޭޝިޔާ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ސަފާތުގެ އުންމީދަކީ މިފަދަ މުހިއްމު މަގާމެއގައި ހުރެ ކޮމަންވެލްތުގެ ލަނޑުދަނޑިތައް ކަމުގައިވާ މިންތީގެ ހަމަހަމަކަން, ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ހިފެހެންޓުން ފަދަ ކަންކަން ހާސިލްވާނޭ ފަދައިން އޭޝިޔާ ސަރަހައްދުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމެވެ. އެގޮތުން އެފަރާތްތަކުގެ އަޑުއުފުލައިދީ ކުރިއަށް އޮތް މުސްތަގުބަލުގައި ލިބޭ ފުރުސަތުތައް ފަހިކޮށްދީ އޭޝިޔާ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އޭނާގެ އަޒުމެވެ.
މިފަދަ މަގާމެއްގައި ރާއްޖޭގެ ގާބިލް ޒުވާނަކަ ހުރުމަކީ ގައުމުގެ ކުރިއެރުމަށްވެސް ލިބޭ އިތުރު އެހީއެއްކަން ހަމަގައިމެވެ. ކޮމަންވެލްތާއި އެފައުންޑޭޝަންގެ އެކިއެކި ސަރައްދު ތަކާއި އޮންނަ ގުޅުން ބަދަހިކުރެވި ބައިނަލް އަގުވާމީ މާއިދާނުގައި ރާއްޖޭގެ އެއްބާރުލުން އިރުވެގެންދާނެކަމެއްވެސްމެއެވެ.
ކޮމަންވެލްތަކީ އިގިރޭސިން އިސްތިއުމާރު ދަމަހައްޓަން ވެގެން ޖަހައިގެން އުޅޭ ބޮޑު ކުޑައެއް ބޭކާރު ޖަމުއްޔާއެއް !
ސަފާތު އަދިވެސް އިގިރޭސި އަޅުކުދިންގެ ގޮތުގައި އުޅެވޭތޯ ބަލަނީތަ ! ޝާހީ ގަޑުވަރުގައި އުޅެނީ އަޅުކުދިން !