ރައީސް ޞާލިހު ބަނގުރާ ހިއްޕަވާކަމަށް އާޒިމް ވިދާޅުވި ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަނގުރާ ހިއްޕަވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
ނިމިދިޔަ ހަފްތާގައި މަޖިލިސް ތަޅުން ހޫނުވެ އެމްޑީޕީ މެމްބަރުންނާއި އަލީ އާޒިމްއާއި ދެމެދު ދިޔަ ބަހުގެ ހަމަލާތަކެއްގެ ތެރެއިން އޭނާ ރާ ހިއްޕަވާ ކަމަށާއި އަދި އެކަން ކުރައްވަނީ ރައީސް ޞާލިހާއިވެސް އެކުކަމަށް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އާޒިމް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެފަދަ ދަށު ދަރަޖައިގެ ވާހަކަތަކާއި ގުޅިގެން އިތުރަށް ރައްދު ދޭންވެސް ބޭނުން ނުވާކަމަށް މިއުވާން ވިދާޅުވި އެވެ.
އަލީ އާޒިމް މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާއަށް އަދަބު ކަނޑައެޅޭނެކަމަށް ބުނެ ގާނޫނީ ބައެއް ބޭފުޅުން ދަނީ ވާހަކަ ދައްކަވަމުންނެވެ. ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ. ގައި މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކަތަކާއިމެދު ފިޔަވަޅެއް ނޭޅޭނެކަމަށް ބުނި ނަމަވެސް އޭގެ ތެރޭގައި އިސްލާމް ދީނުގެ އަސާސްތަކާއި ހިލާފު ވާހަކަތައް އިސްތިސްނާ ވެއެވެ.
ރައީސް ޞާލިހު ރާ ހިއްޕަވާކަމަށް އާޒިމް ވިދާޅުވިއިރު އެމަނިކުފާނު އުމުރުފުޅުން ޒުވާން ދުވަސްވަރުގައި ބަނގުރަލުގެ ވިޔަފާރި ކުރިކަމުގެ ކުށް ސާބިތުވެ އަދަބު ކަނޑައެޅި ލިޔުން ދަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.
މީގެ ކުރިންވެސް އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދޭ ފަހަރު އެކި ބޭފުޅުންނަށް މަސްތުވާކަމުގެ ތުހުމަތުތައް ކުރެވެ އެވެ. ރައީސް މުހައްމަދު ނަޝީދަށްވެސް މިފަދަ ތުހުމަތުތަކެއް ކުރެވި އެމްޑީޕީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާތައް ދެމުން ގެންދާކަން ފާހަގަކޮށްލެވެ އެވެ.
މީގެކުރީނުދައްކައިމިއަދުއެވާހަކަދެއްކުމަކީޒާތީކަމެއް
ބަނގުރާ ކައްކާ ވިއްކާ ހެދި މީހަކު ބަނގުރާ ނުބޮއި ހުނާނެތަ، ނުބޮއިނުހުންނާނެކަން އެންމެނަށް ވެސް އެނގޭ.
މިނިމަސްނުކާތަ އަނެއްކާ
ތިހިރަކަންކަމުގަ ސާލިހެ ނަސީދޭ ކިޔައިގެން ދައްކާނެ ިތުރުވާހަކައެއް އޮތިތަ ؟ ތިޔައީ އެންމެން ދަންނަ ކަންކަން މިހާރު ޒާތީވެގެން ތިޔަވާހަކަދެއްކުމަކީ އަދާވާތްތެރިވުން.
ހިންނަވަރުގެ ބަނބުކެޔޮގަހަށް ނިދަންއަރާތިބޭ ކުކުޅު ވެސް ދަނީ އެ ކުކުޅު ހިފައިގެން ކަނީ މިވެނި ބަޔަކުކަން މިހާރު ޒާތީ ވާން ނުޖެހޭތީ އެވާހަކަ އެ ކުކުޅު ނުދައްކާ.