Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކެބިނެޓަށް ބަލާލުމުން ވެސް މި ސަރުކާރުން އަންހެނުންނަށް ދޭ އަަހަމިއްޔަތުކަން އިނގޭ

ކެބިނެޓަށް ބަލާލުމުން ވެސް މި ސަރުކާރުން އަންހެނުންނަށް ދޭ އަަހަމިއްޔަތުކަން އިނގޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރަކީ ދިވެހި އަންހެން ކަނބަލުންނަށް އެކަނބަލުންގެ ހައްގު ޝަރަފާއި، ބާރުވެރިކަން ކަށަވަރުވެގެން ގޮސްފައިވާ ފަސް އަހަރު ކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ދަރުމަވަންތަ ސްކޫލުގައި ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒުނާވެސް ބައިވެރިވެވަޑައިގެންނެވި މި ވޯކްޝޮޕްގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ 300 އަށްވުގެ ގިނަ އަންހެން ކަނބަލުން ބައިވެރިވިއެވެ. ވޯކްޝޮޕް ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި އަބަދުވެސް އަންހެނުންނަށް ޚާއްސަ ޖާގަތަކެއް ދީފައިވާކަމަށެވެ. އަދި ސަރުކާރުގެ މިވީ ދުވަސްތަކުގައި ދިވެހި ކަނބަލުންނަށް ދެއްވާފައިވާ ޚާއްސަ ސަމާލުކަމާއި، ހޯދައިދެއްވި ބާރުވެރިކަމަކީ މިވީއެއްވެސް ވެރިކަމެއްގައި ހޯދައި ދެވިފައި ނުވާވަރުގެ ކަންތައްތަކެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސުލްޖުމްހޫރިއްޔާ އަންހެން ކަނބަލުންނަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ކެބިނެޓްގައި 33 އިންސައްތައާއި ކައުންސިލްތަކުގައިވެސް 33 އިންސައްތަ ޖާގަ އަންހެން ކަނބަލުންނަށް ޚާއްސަކޮށްދެއްވާފައިވާކަމަށެވެ. އަދި އަންހެނުންގެ ކޮމެޓީތަކެއް އުފައްދަވައި އަންހެނުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރެއްވުމަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރުންގެ އަޑު އަހައިގެން މެނިފެސްޓޯ ތައްޔާރު ކުރާބައެއް. އަދި ޚާއްސަކޮށް އަޅުގަނޑު ފާހަގަ ކޮށްލަނީ މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގަ މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށްވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރުގެ ގޮތުގަ." ރޮޒޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް