ޚަބަރު

ރިސޯޓް ރޭޕް ކޭސްގެ ވާހަކަ 3.4 މިލިޔަން މީހުންނަށް ފޯރައިފި, މުޅި ދުނިޔޭގެ ސަމާލު ކަމަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފަރި އައިލެންޑުގައި ރޭޕް ކުރި ފަތުރުވެރިޔާ

ކ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑް ރިޒޯޓުގައި ރޭޕް ކުރި ޗައިނާ ފަތުރުވެރިއެއްގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައިސްފިއެވެ.

Ads by STELCO

ޔޯލީ ޔިޓޮންގް ނަމަކަށް ކިޔާ މި ފަތުރުވެރިޔާއަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ދިރިއުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. ރާއްޖޭގެ ރިސޯޓެއްގައި އޭނާ ރޭޕް ކުރި ވާހަކަ, ޓްވީޓް ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.

އަލަށް ހުޅުވި އެކައުންޓަކުން އެ ވާހަކަތައް ކިޔައިދިންއިރު, ޖުމްލަ 3.4 މިލިޔަން މީހުންނަށްވުރެ ގިނަ މީހުންނަށް އޭނާގެ ޓްވީޓް ފެނިފައިވެއެވެ,

އެ ޓްވީޓް ވަނީ 34ހާސް މީހުން ރީޓްވީޓްކޮށްފައެވެ. އަދި 20ހާސް މީހުން ޓްވީޓަށް ލައިކް ދީފައިވެއެވެ.

މި މައްސަލައިގެ ތަފްސީލެއް ރާއްޖޭގެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން, ޓޫރިޒަމް މިނިސްޓްރީން ވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.

Ads by Allied Insurance
  1. އިންސާފު

    ތީ ވަރަށް ބޮޑު ތެދެއް ކ.ތުލުސްދޫ ސިއްޚީ މަރުކަޒަށް ގެނައީވެސް މީ ހަމަ ތެދު

  2. އަދިވެސް މިކަން ސިއްރުކުރަންތޯ ސަރުކާރާ ޓުއަރިޒަމުން މި ހިފަނީ، މިބާވަތުގެ ފާހިޝް ކަންތައްތައް މި ލާދީނީ ސަރުކާރުން، ސިއްރުކޮށްކޮށް އެންމެފަހުން މުޅިދުނިޔޭގެ ކުރިމަތީގާ ދިވެހިރާއްޖެ ފަލީހަތްވެ މި ނިމުނީ، ކުރީގާވެސް ހިންނަވަރު މީހަކު ކެންޔާގެ ފަތުރުވެރިއަކު ރޭޕު ކޮށްފި އެކަންތައްވެސް ހަމަ އެ އަންހެންމީހާޔަށް ބިރުދައްކާ ފައިސާދީގެން އޮއްބާލީ،
    ދިވެހިރާއްޖރއަށް މީހުންކުރާ އިތުބާރާ އިހުތިރާމަ ގަދަރުވެސ މިސަރުކާރުން އޮޔާލައިފި.