ކުރިއަށް އޮތް ދުވަސްތަކުގައި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ޗެއާމަންކަމުގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ފާޑުވިދާޅުވުމުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ދޫކޮށްލެއްވުމުން، ދެން އެ ޕާޓީއެއް ނޯންނާނެ ކަމަށާއި، އަންނަ އަހަރުގެ މިހައިތަނަށް ދާއިރު، އެ ޕާޓީ އޮންނާނީ، ދިޔާނާގެ ކުރީގެ ފިރިކަލުން ޖާބިރުގެ ޗެއާމަން ކަމުގައި ކަމަށެވެ.
މިކަމާ ގުޅޭ ޚަބަރެއް ހިއްސާ ކުރައްވައި، އީވާއަށް ދެއްވި ރައްދުގައު ދިޔާނާ ލިޔުއްވީ، ނަސަބުވެރިކަމުން ބޮޑާވެގަތުމާ ގުޅޭ ގޮތުން ދިވެހި އަދީބު ޙުސެއިން ޞަލާޙުއްދީން ހައްދަވާފައިވާ ބައިތެކެވެ.
"ވިމާ މޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ ރިމާދަށް ފުރޮޅިގެން އެދަނީ ދިމާއަށް އަގުރު އަލިފާނޭ،" ދިޔާނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީއަށް މަލާމާތްކުރައްވައި، އީވާ މިއަދު މަޖިލީހުގައި ދެއްކެވީ "ކިބުރުވެރި" ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ބަލަ އީވާ ެެެެެެެެެެެެެެެެެެެެެެެެއެކަންޏެއްނޫނޭ ތި ނަންކުރާ އެމްޑީޕީއަށް މަލާމަތް ކުރަނީކީއެއް، ޚުދު ދިޔާނާވެސް ކިތަންމެ ފަހަރަކު ކިތަންމެ މަލާމާތެއް ތި އެމްޑީޕީއަށް ކޮށްފާ އެބައޮތޭ، އީވާއަށް އެމްޑީޕީން މަލާމާތާފުރައްސާރަ ނުކުރޭތޯ، އަދި އެމއޑީޕީއާބެހޭކަމެއްނެތް ޑީއާރުޕީން އަސްވަދެގަނެގެން އުޅޭ ރޮޒޭނާބައިގަނޑުވެސް އީވާއަށާ ރނަޝީދާ އެއްސިގަނެގެން ހިތައް އައިހާއެއްޗެއް އެ ގޮވަނީ ހަމަ ރަނގަޅު ކަމެއްތޯ؟ މިހީވަނީ މާ ބޮޑުކަމެއް ވެގެންނޭ މި އުޅެނީ، އީވާ ކިޔާ އެއްޗެތި އަދި ކުޑަ.
އެމްުޑީޕީ ފުޑާލީރޮޒޭނާމެންއަދިމިވަރަކުންނޫންދާނީ އަދިވެސް ފުޑޭނެ ރސ ދޯކާދީފައި ފިލާނެ ބައިގަޑެއްއެއީ
ޢެއީ މާ މަތީ ޢާއިލާއެއް ނޫން އަޑިއަށް ބަލާލައިފިއްޔާ ހައްތާވެސް ފެންނާނީ ޚިޔާނާތް ތެރިންނާ ބާޣާވާތް ކުރާ މީހުން ކަމަށް މީހުން ކިޔާ އަޑު އެހިން . ޢަދި ލިޔެފައި ހުއްޓާ ޥެސް ފެނިފައިވޭ.
އީވާ އަކީ ތިމާވަރުގެ މީހެއް ނެތިގެން ތިމާއަށްތިމާފެނިފަ ހުންނަ މީހެއް ، މިހާ ހަޔާތްކުޑަ އަންހެނަކު މަދުވާނެ.
ނަސަބަކުންނޫނެ ތިމާއަށް ޤަދަރާ މޮޅުލިބެނީ… ހަސަބަކުން ނޫނެ މަޤާމާ ޢިއްޒަތް ވެސް ލިބެނީ…