Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެރިކަން ލިބިއްޖެނަމަ ހުޅުމާލޭގެ ހުރިހާ ފެލްޓެއްގެ ކުލި މާފް ކޮށްދޭނަން: ގާސިމް

ވެރިކަން ލިބިއްޖެނަމަ ހުޅުމާލޭގެ ހުރިހާ ފެލްޓެއްގެ ކުލި މާފް ކޮށްދޭނަން: ގާސިމް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު, ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓެއްގެ ކުލި މާފްކޮށްދޭނެކަމުގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވަނީ, ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭއިން ދީފައި ހުރި ކުލީ ފްލެޓުތަކުގެ ކުލި އެއް ފަހަރާ މާފްކޮށް ދޭނަން. މާފު. ބޮޑު ލާރިއެއް ވެސް ދައްކާކަށް ނުޖެހޭނެ," ރިޔާސީ ވައުދުވެވަޑައިގަންނަވަމުން ޤާސިމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޤާސިމް އިޝާރާތް ކުރެއްވޫ ހިޔާ ފްލެޓްގެ ކުލި ކަމަށް ބެލެއެވެ. ޤާސިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެ ހިޔާ ފްލެޓްތަކުގެ ޝަކުވާއަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭފައި ހައްލެއް ގެެނެސްދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ, ކުލި މައާފްކޮށްދޭ ފްލެޓްތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓުތައް ވެސް ހިމެނޭ ކަމަށެވެ. ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި ވަނީ އެ ޕާޓީގެ ވެރިކަމެއްގައި މަދުވެގެން 20،000 ފްލެޓު އެޅުމަށް ހިމަނައިފައެވެ.

ޤާސިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް މީހަކު އިސްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވަރަށް ބޮޑަށް ވިސްނުމަށް ގާސިމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް