Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޤާސިމް ރައީސް ޞާލިޙަށް: މިހާރުން މިހާރަށް ގެއަށް ކަނޑާލާ!

ޤާސިމް ރައީސް ޞާލިޙަށް: މިހާރުން މިހާރަށް ގެއަށް ކަނޑާލާ!

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު ހައްދަވަނީ ގޯސް މައްޗަށް ގޯސް ކަމަށާއި މިހާރު ރަނގަޅު ވާނީ "ގެއަށް ކަނޑާލުން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު, އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ, ޕެރަޑައިސްގައި މިއަދު ކުރިޔަށްދިޔަ އެ ޕާޓީގެ 158 ކައުންސިލް ބައްދަލުވުމުގައެވެ.

ޤާސިމް ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ސާފުވެފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"އިޓް އިސް ޓޫ މަޗް. އިޓް އިސް މޯ ދޭން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ. މިހާރު ކަނޑާލަންވީ ގެއަށް," ރައީސް ޞާލިޙަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވިއެވެ.

"ބާރުގައި ހުންނަވާށޭ ކިޔައިގެން އެހެން ކަންތައްތަކެއް ނުކުރެވޭނެ، ކުރެއްވީމަ ރަނގަޅެއް ނުވާނެ. މިހާރު މަނިކުފާނު ތި ހައްދަވަނީ ގޯސް މައްޗަށް ގޯސް. ޅަ އިހަލުން ހަރު އެއްޗެއްހި އަޅަމުން ގޮސް މިހާރު ދެން ނެތް ގޮބޮޅި ވެސް ނާޅާ. ހުރިހާ އެއްޗެއް އަޅާ ނިމެނީ،"

ތަފްސީލް އަންނަނީ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް