ޚަބަރު ސިޔާސީ

މަވެސް ލިސްޓެއް ހަދާފަ “ގޯތިލިބޭ” މިހެން ޖެހިދާނެ: ޢަލީ ޢާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވެރިކަން ނިމެން އޮތީ އެންމެ 74 ދުވަސް ކަމަށާއި ގިިނަ ވާހަކަ ނުދައްކާ ރައްޔިތުންނަށް ގޯތި ދެއްވުމަށް ރައްޔިިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ގޮވައިލައްވައިފިއެވެ.

Ads by MWSC

މާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާއްމުކޮށްފައިވާއިރު މިލިސްޓަށްވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. މިގޮތުން ޢާޒިމް ކުރެއްވި ޓްވީޓްގައި ވަނީ ރައްްޔިތުންނަށް ހުވަފެން ދެއްކުން ހުއްޓައިލެއްވުމަށް އެދިފައެވެ.

"ވެރިކަން ނިމެން ބާކީ އޮތީ 74 ދުވަސް. ގޯތި ކަށަވަރުކޮށްދިނީއޭ ކިޔާފަ ދެން ދޭނީ ކަރުދާސްކޮޅެއްނޫން. މާގިނަ ވާހަކަ ނުދައްކާ ގޯތި ދީބަލަ. ރައްޔިތުންނަށް ހުވަފެންދެއްކުން ހުއްޓާލާ ! ކޮބާހޭ ކަރުދާސްކޮޅު. މަވެސް ލިސްޓެއް ހަދާފަ “ގޯތިލިބޭ” މިހެން ޖެހިދާނެ." ޢާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، މި ސަރުކާރުން ގޯތި ބެހީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށާއި، އެކަން ކުރީ ނަހަމަ ގޮތުގައި ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފައެވެ.

އިއްޔެ އާންމު ކުރި ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް އޮންނާނެއެވެ.

Ads by Allied Insurance
  1. އައިމިނަ

    ޖޭ ވިޔަސް ތަންކޮޅެއް ބޮޑުވަރު! ތިޔަތިބީ ބޮޑުތަނުން މާލޭންވެސް ބަލިވެފަ! ދެން ލަލަލާ ލަލަލާ ލާ!